A wide advertisement which will be shown on all devices. (700 x 100)

ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު މާދަމާ ހަމަވާނެ

ދުޅަހެޔޮ ދިރިއުޅުމަށް ކުޅިވަރު ޝިއާރުގެ ދަށުން ފުވައްމުލަކުގައި ކުރިއަށް ގެންދާ “ސްޕޯރޓްސް ފޯ އޯލް” ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މާދަމާ (ސެޕްޓެމްބަރ 28) މެންދުރު 12:00 ގެ ކުރިން ޓީމް ލިސްޓްތައް ހުށަހެޅުމަށް އަތޮޅު ކައުންސިލުން އެދިއްޖެއެވެ. 

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އާއި ފުވައްމުލަކު އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މިޕްރޮގްރާމުގައި ވޮލީ ބޯޅަ، ފުޓްސަލް، ނެޓްބޯޅަ، ބަށީގެ އިތުރުން ވޯޓާ ޕޯލޯ ކުޅުމަށް ހަމަޖެހިފައެވެ. ފުވައްމުލަކު މިޕްރޮގްރާމް އޮންނާނީ އަންނަ އޮކްޓޫބަރ މަހު 7-8 އަށް މިސްކިތްމަގު ސްޓޭޑިއަމް ނުވަތަ މައިލޯ ސްޑޭޑިއަމްގައެވެ. 

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ކަސްރަތު ޕްރޮގްރާމާއި ފުވައްމުލަކު ހޮސްޕިޓަލާ ގުޅިގެން ހެލްތު ޗެކަޕެއް ހެދޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށާއި އަދި ކުޑަކުދިން ތަފާތު ކުޅިވަރުތައް ކުޅުމަށް ހާއްސަ ސަރަހައްދެއް އޮންނާނެ ކަމަށް ވެސް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އިން ކުރިން ހާމަކޮށްފައިވެއެވެ.

ފުވައްމުލަކުގެ މައިލޯ ސްޓޭޑިއަމުގައި ބާއްވާ މިފެސްޓިވަލްގައި ހުރިހާ އުމުރުފުރައަކުން 1،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ޔޫތް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އިން ހާމަކުރެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !