mikwlc swaiTunc hOdW / aeDcvWncsc sWrCc

 
- ސާއިމް މޫސާ / 07-03-2010


ފުވައްމުލަކު ރައްޔިތުން ޒަމާނުއްސުރެން ފެށިގެން ކެއިންބުއިމަށްޓަކައި ބޭނުންކުރާ މައިގަނޑު އެއް ބާވަތަކީ އޮޅޮއަލައެވެ.

ދެވަނަ ބޮޑު ހަގުރާމައާއި  އެނޫންވެސް ދަތިތަކުގެ ދުވަސްވަރުގައި ފުވައްމުލަކުގެ ރައްޔިތުން ބަނޑުފުރާނަ މުއްތިކުރުމަށް އޮޅުއަލަ ބެނުންކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

އެހެން ކަމުން އޮޅުއަލައަކީ އަޅުގަނޑުމެންގެ  ދިރިއުޅުމާއި ގުޅިފައިވާ ފަލަމަޑީގެ ބާވަތެކެވެ. ގައުމަށް ދިމާވި ދަތިތަކުގެ ދުވަސްވަރުގައިވެސް ފުވައްމުލަކުގެ ރައްޔިތުން ބަނޑަށް ނުޖެހި ،ބަނޑުފުރާނަ މުއްތިކުރެވުނީ އޮޅުއަލައިގެ ސަބަބުން ކަމަށްވާތީއެވެ.

ކަންމިހެން ހުރިކަމުގައި ވިޔަސް ޒަމާން މި އޮތީ ބަދަލުވެފައެވެ. ފުވައްމުލަކުގެ ގިނަ އޮޅުއަލަ ދަނޑުތަށް މިހާރު މިވަނީ ބޯ ޖަންޖައްޔަށް ވެފައެވެ. އަޅާލާނެ މީހަކުނެތެވެ. އޮޅުއަލަ ހައްދައި ކައި އުޅެނި ފުވައްމުލަކުގެ ނިސްބަތުން ވަރަށް މަދުބައެކެވެ. އެއީވެސް އުމުރުން ތަންކޮޅެއް ދުވަސްވީ މީހުންނެވެ. މި ޒަމާނުގެ ކުދިންނަށް އޮލުއަލަ އަކީ އެހާ މީރު އެއްޗެއް ނޫނެވެ. އެމީހުންނަށް ކެވެންވަނީ ރޮށްޓާއި ރިހަ އެވެ. މިއެއްޗެއްސަކީ އަޅުގަނޑުމެންގެ ގައުމުގައި އުފައްދާ އެއްޗެކަމަށް ނުވާތީ މިއަށް ބަރޯސަވެގެން ތިބުމަކި އެހާ ބުއްދިވެރިކަމެއް ކަމަށް ގަބޫލެއްނުކުރެވެއެވެ. ތަދުގަނޑަކާއި ކުރިމަތިވުމުން މިއެއްޗެހި ލިބުގައި ދަތިތަކާއި ކުރިމަތިވެއެވެ. އޭގެ ބަދަލުގައި އޮޅުއަލައަށް ބޮރޯސާވެއްޖެނަމަ،ތަދުގަނޑަކާއި ކުރިމަތިވިޔަސް  އޭގެ ހިތި ރަހަ އަޅުގަނޑުމެންގެ ކަރުތެރެއަކު ނުލާނެއެވެ.

އިޤްތިސޯދި ނަޒަރަކުން ބަލާއިރު އޮޅުއަލައަކި ނަފާހޯދަންވެސް  ވަރަށް ރަނގަޅު މަސައްކަތެކެވެ. މިހާރުވެސް ފުވައްމުލަކުގައި އަލައިގެ ވިޔަފާރި ކުރާމީހުން އެބަތިއްބެއެވެ. މިގޮތުން ރަށާއި މާލެއަށް އަލައިގެ ބާއްވަތަށް ވިއްކަމުންދެއެވެ. މައިގަނޑު ގޮތެއްގައި މި ގޮތުން ވިއްކަނީ ރޯއަލައާއި،ތެލުލިއަލައެވެ. އެމީހުން ބޫނާގޮތުންނަމަ މިކަމުގެ ސަބަބުން އެމީހުންނަށް އެކަށީގެންވާ އާމްދަނީއެއް ލިބެމުންދެއެވެ.

އެހެންކަމުން އަޅުގަނޑުމެން އާ ހިތްވަރަކާއި  އެކު ބޯ ޖަންޖައްޔަ ވެފައިވާ އޮޅުއަލަ ދަނޑުތަށް އަލުން ޖަހައި ،މި ދަނޑުތަކުގެ ބޭނުން އެންމެ ބޭނުންތެރިގޮތުގައި ހިފުމަކީ ހާއްސަކޮށް އިޤްތިސާދީ ގޮތުން ގައުމަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ ތެރޭގައި އިޤްތިސޯދުކުރުމަށް ވަރަށް މުހިންމުކަމެކެވެ.

libifwaivW hiyWlu
jumclw : 2 hiyWlu
- 2010-03-07
ފުވައްމުލަކުގައި އަލަ ޗިޕްސް ހަދާ ފެކްޓްރީއެއް އެޅުމަށް ފެނޭ...............................

awhumwdu - 2010-03-06
aoLuawlw heacdumwkI fuvwacmulwku mIhunc zwmWnuacsurenc kurwmunc awncnw mwswackwtwkwScvefwai mimwswackwtc aiturwSc twrwacqIkoSc demeheacTEgotwSc hedumwkI vwrwSc muhiacmukwmeac


tifwrWtuge nwnc :

hiyWlu :
aImeailc :



 



kiyuncterincge hiyWlutwkuge tereainc
ފުވައްމުލަކުގައި އަލަ ޗިޕްސް ހަދާ ފެކްޓްރީއެއް އެޅުމަށް ފެނޭ............................... - ()
mikwlc nUsc on Facebook