mikwlc swaiTunc hOdW / aeDcvWncsc sWrCc

 
- އަހްމަދު ނިޖާހް / 18-08-2009


ހާފިޒް އަހްމަދު ސްކޫލުގެ ގުރުއާން މުބާރާތުގެ ނަތީޖާ ރޭ އެސްކޫލުގައި ފާޅުކޮށްފިއެވެ.

ހާފިޒް އަހްމަދު ސްކޫލުގެ ހުރިހާ ގްރޭޑަކުން ދަރިވަރުން ބައިވެރިވި މިމުބާރާތުގައި ބަލައިގެން ކިޔުމުގެ ބަޔާއި ހިތުން ކިޔުމުގެ ބައިން 248 ދަރިވަރަކު ވާދަކޮށްފައިވެއެވެ.

ރޭހާފިޒް އަހްމަދު ސްކޫލުގެ ހޯލުގައި ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތުގައި  ކޮންމެ ގްރޭޑަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދި ދަރިވަރުނަށް ހަދާނީ ލިޔުމާޢި އިނާމް ދީފައިވެއެވެ. އަދި މުޅިމުބާރާތުގެ ބަލައިގެން ކިޔުމާޢި ހިތުން ކިޔުމުގެ ދެ ބައިވަކިން އެންމެ ރަގަޅު ފަސް ދަރިވަރަކަށް ހަދާނީ ލިޔުމާޢި އިނާމް ދީފައިވެއެވެ. އަދި މުޅިމުބާރާތުން އެންމެ ރަގަޅު ފަސްދަރިވަރަކުވެސް ހޮވާފައިވެއެވެ. އެދަރިވަރުންނަކީ މަރިޔަމް ޒާޔާ އަހްމަދު 7 ބީ، މަރިޔަމް މައުޝާ އިބްރާހިމް 6ބީ، މަރިޔަމް އަނީސް 7ބީ، މުހައްމަދު ލޫތް އަބްދުލް އަޒީޒް 4ޑީ، އައިޝަތު ނާޖީ 6އޭ، އަދި އާމިނަތު ޒިހުނާ 5އޭ އެވެ.

ހާފިޒް އަހްމަދު ސްކޫލް ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގެ ޝަރަފްވެރި މެހްމާނަކީ އެމް. ޖޭ. އެމް .ސްކޫލުގެ އިސްލާމް މުދައްރިސް އަހްމަދު ސަމީރުއެވެ.


libifwaivW hiyWlu
jumclw : 0 hiyWlu

tifwrWtuge nwnc :

hiyWlu :
aImeailc :



 


mikwlc nUsc on Facebook