ދިރާގް 3 ޖީ ޕްލަސް ނެޓްވޯރކްގެ ޚިދުމަތް ފުވައްމުލަކަށް ރަސްމީގޮތުން ދިރާގުން ތައާރަފްކޮށްފިއެވެ. ފުވައްމުލަކަށް ތަޢާރަފްކު މިކުރެވުނު ދިރާގް 3 ޖީ ޕްލަސް ނެޓްވޯރކްގެ ޚިދުމަތާއެކު ދިރާގުން ދާދިފަހުން ތަޢާރަފްކުރި ޚިދުމަތެއްކަމަށްވާ 3 ޖީ ޕްލަސް މޯބައިލް ބްރޯޑްބޭންޑް ދިރާގް ޓަޗްނެޓް ޚިދުމަތްވެސް ފުވައްމުލަކަށް މިހާރު ލިބޭނެކަމަށް ދރާގުން ހާމަކުރައްވައެވެ.
ދިރާގުން ހާމަކުރައްވާފައިވާ ގޮތުގައި ދިރާގް 3 ޖީ ޕްލަސްގެ ޚިދުމަތްތައް ވަރަށްގިނަ ފަރާތްތަކަށް މިހާރު ފޯރުކޮށްދެއްވަމުން ގެންދަވާކަމަށާއި އިތުރު ރަށްތަކަށް މިޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާރުވެސް ދެކުނު ޕްރޮވިންސްގެ ހުރިހާ ރަށްތަކަށް މިޚިދުމަތް ލިބެމުންދެއެވެ.
މީގެ އިތުރުން ދިރާގުންވަނީ ދާދ(twfcsIlu)