ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ޤުރުއާން މުބާރާތުގެ ފުވައްމުލަކު އޮޑިޝަނުން 08 ބައިވެރިއަކު ދެވަނަ ބުރަށް ދަތުރުކޮއްފިއެވެ .
ޕަޕްބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީއެމް އިން ކޮންމެ އަހަރަކު ރަމަޟާން މަހާއި ދިމާކޮއް ބާއްވާ، ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރީގެ ފުވައްމުލަކު އޮޑިޝަނުން، ދެވަނަ ބުރަށް ހޮވުނު 08 ބައިވެރިންގެ ތެރެއިން 07 ބައިވެރިންނަކީ ފުވައްމުލަކަށް އުފަން ފުވައްމުލަކަށް ބައިވެރިންންނެވެ.ރަށުން ބޭރު މީހަކަށް ބައިވެރިވެފައިވަނީ އައްޑޫ ސިޓީ މަރުދޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ ބައިވެރިއެކެވެ.
އެއް އަވަށަކަށް އެންމެ ގިނަ ބައިވެރިން ހޮވުނު އަވަށަކީ ފުވައްމުލަކުގައި އެންމެ ފުރަތަމަ އިސްލާމް ދީން ގާބޫލް ކުރިކަމަށް ބުނެވޭ އަދި ގިނަ އަދެދެއްގެ ޙާފިޒުން ތިބި ހޯދަޑު އަވަށެވެ،ހޯދަޑުން ޖުމްލަށް 05 ބައިވެރިން ހޮވިފައިވެއެވެ. ހޯދުޑު އަވަށުގެ ރައްޔިތުން މިކަން ސިފަކުރަނީ، ފަހުރުވެރިވުން ހައްޤު އެ އަވަށް ލިބުނު ބޮޑު ކަމިޔާބެއްގެ ގޮތުގައިއެވެ.
ހޯދަޑު އަވަށުން ހޮވުނު 05 ބައިވެރިންނަކީ ޙައްވާ ސައުސަން ،ހޯދަޑު/ޔާފާ ،ފަރިދާ އަބްދުﷲ،،ހޯދަޑު/ ސިވިލައިޒް ،އަބްދުﷲ މުފީދު،ހޯދަޑު/ރަތްލިލީގެ، އައިޝަތު ހުސެއިން ދީދީ، ހޯދަޑު/ ސިތުރާ އަދި އަމިނަތު ރިޒާ ، ހޯދަޑު އެމްމުލިމާގެއެވެ.
މީގެ އިތުރުން ހޮވިފައިވާ އިތުރު ބައިވެރިންނަކީ މަދީހާ އަޙްމަދު، ސިލްވަރ ލޭކް/ ދިގުވާނޑު ، އަލީ އިބްރާހިމް ދީދީ، މަސްތަކާގެ/ ދޫނޑިގަމް ގެ އިތުރުން އަބްދުﷲ ތާލިބް ، ސ.މަރަދޫ އެވެ.އޮޑިޝަން ބާއްވާ ކޮންމެ ރަށަކުންވެސް ދެވަނަ ބުރަށް ހޮވާ ބައިވެރިންގެ މެދުގައި އިތުރު އޮޑިޝަން އެއް ބާއްވާނެ އެވެ. އަސްލު މުބާރާތަށް ވާދަކުރާ 12 ބައިވެރިން ހޮވާނީ އެ އޮޑިޝަނުންކަމަށް މައުލޫމާތު ލިބެއެވެ.
ފުވައްމުލަކު ބޭއްވި އޮޑިޝަންއަށް ބައެއް މީހުންގެ ފާޑުކިޔުންތަށްވެސް ވަނީ އަމާޒުވެފައެވެ.ބައެއް މީހުން ބުނާގޮތުގައި މި އަޑިޝަނުން ބައެއް މޮޅެތި ބައިވެރިންވެސް ކަޓައިގެން ގޮސްފައިވާ ކަމަށެވެ.
އެންމެ އަލިގަދަ ތަރި މިފަހަރުގެ މުބާރާތަށް ބައި މިލިއަން ރުފިޔާ އިނާމެޕީއެސްއެމްއިން ވަނީ ހުށައަޅާފައެވެ. އަދި 1.8 މިލިއަން ރުފިޔާއާއެކު މި މުބާރާތް ސްޕޮންސާ ކޮށްފައިވަނީ އަޔާދީ ތަކަފުލް އިންނެވެ.



ޚިޔާލުތައް