A wide advertisement which will be shown on all devices. (700 x 100)

ފަހު ވަގުތު އުތުރު އަޔަލޭންޑް ވެސް ދެވަނަ ބުރަށް

އުތުރު އަޔަލޭންޑް އަލަށް ޔޫރޯގައި ކުޅެ، ދެވަނަ ބުރަށް ގެންގޮސްދިން ގޯލު ރޮބީ ބްރޭޑީ އިޓަލީކޮޅަށް ގޯލު ޖަހަނީ. ފޮޓޯ: ގާޑިއަން

ޔޫރޯ 2016 ގެ ގުރޫޕް އީ ގައި މިރޭ ކުޅޭވުނު ފަހު ދެމެޗުގައި ބެލްޖިއަމް އާއި ސްވިޑްން ގެ މެޗު 10-0ން މޮޅުވެ ބެލްޖިއަމް 6 ޕޮއިންޓް ހޯދައިގެން ދެވަނަ ބުރުގެ ޖާގަ ހޯދި އިރު ސްވިޑުން ޖެހުނީ މުބާރާތާއި އާލްވަދާޢު ކިޔާށެވެ. މިރޭގެ 2 ވަނަ މެޗުގައި އިޓަލީ އާއި އަރަލޭންޑް ބައްދަލުކުރި މެޗު ވެސް ނިމުނީ 1-0ން އުތުރު އަޔަލޭންޑް ވެގެންނެވެ. އިޓަލީއަށް މިގްރޫޕުގެ އެއްވަނަ މާކުރިން ވެސް ވަނީ ލިބިފައެވެ. މި ގްރޫޕްގެ 3 ވަނަ އުތުރު އަޔަލެންޑަށް ވެސް މިރޭގެ މޮޅައެކު 4 ޕޮއިންޓް ހޯދައިގެން ވަނީ ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރެވިފައެވެ. ޔޫރަޕުގައި ވަރުގަދަ ކަމަށްބެލެވޭ ސްވިޑުން މިމުބާރާތުން ކަޓައިގެން މިދިޔައި ގްރޫޕް ސްޓޭޖުންނެވެ.

މިރޭގެ މެޗުން މޮޅުވެގެން ނޫނީ އަޔަރލޭންޑް އަދި ސްވިޑުން އަށް ވެސް ކުރިޔަށް ދެވޭކަށް ނެތެވެ. އެއީ ގުރޫޕުގެ ފަހުމެޗަށް އައިރު އެދެޓީމަށް ވެސް ލިބިފައި ވަނީ އެއް ޕޮއިންޓު ކަމަށް ވުމުންނެވެ. އިޓަލީއާއި ދެކޮޅަށް 70000 މީހުން ކުރިމަތީގައި އުތުުރު އަޔަލޭންޑުން ކުޅުނު މެޗު ނިމެން 5 މިނިޓަށްވެފައި ވަނިކޮށް، އެޓީމުން ދިން ރައްދު ހަމަލާއެއްގައި އަޔަލޭންޑްގެ ރޮބީ ބްރެޑީ ބޮލުން ކާމިޔާބުކޮށް ދިން ގޯލާއެކު ފުރަތަމަ ފަހަރަށް ޔޫރޯގެ ދެވަނަ ބުރުން ޖާގަ ލިބުނެވެ.

އިޓަލީއަށް ގްރޫޕްގެ އެއްވަނަ ލިބެނީ ކޮންގޮތަކަށް ހެއްޔެވެ؟

އިޓަލީއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވި ބެލްޖިއަމް އާއި އިޓަލީއަށް ވެސް ފައިދާ ގޯލު އެއްވަރުވި ނަމަވެސް ޖެހިގޯލުން ބެލްޖިއމް ކުރި ހޯދައެވެ. ނަމވެސް މިމުބާރާތުގެ ގަވާއިދުގައިވާ ގޮތުން ގްރޫޕް ސްޓޭޖުގައި ޕޮއިންޓްގެ ގޮތުން ދެޓީމެއް އެއްވަރުވުމުން ބަލަނީ އެދެޓީމެއްގެ ކުރިމަތި ލުމަށެވެ. އެގޮތުން ބެލްޖިއަމް ގެ މައްޗަށް އިޓަލީން ކުރި ހޯދާފައި ވުމުން ގްރޫޕްގެ 1 ވަނަ އިޓަލީއަށް ލިބެނީއެވެ.

ސްވިޑުން އާއި ބެލްޖިއަމް މެޗުގެ ފޯރި ވަކިން ގަދަ ވެފައި އޮތީ މެޗުން މޮޅު ނުވެ ބެލްޖިއަމް އަށް ވެސް ދެވަނަ ބުރުގެ ޔަގީން ކަން ކުޑަވުމެވެ. އެހެނީ ގްރޫޕްގެ އަނެއް މެޗުގެ ނަތީޖާ ވާނެ ގޮތެއް ނޭގެތީއެވެ. މުޅިމެޗުގެ ބޮޑުބައި އެއްވަރުކޮށް އޮވެގެން ދިޔައިރު ބެލްޖިއަމުން ދިފާއީ ކުޅުމެއް ކުޅެމުން ދިޔައީ އެއްވަރުވެގެން ވެސް ދެވަނަ ބުރުގެ ޖަގަ ލިބޭނެތީ އެވެ. އެއާއެއެކު ސްވިޑުން އިން މެޗުން މޮޅުވޭތޯ ކެޕްޓަން އިބްރަހަމްވިޗްގެ ޓީމު ދިޔައީ މުޅި ޓީމުވެސް ކުރިޔަށް ޖެހިލައިގެންނެވެ. ނަމަވެސް މެޗުމެޗު ނިމެން 6 މިނިޓަށްވެފައި ވަނިކޮށް ކައުންޓަރ އެޓޭކެއްގައި ބެލްޖިއަމްގެ ރާޖާ ނައިންގޮލާން ވަނީ ގޯލެއް ކާމިޔާބުކޮށްދީ ދެވަނަބުރުގެ ޔަގީންކަން ބެލްޖިއަމަށް އިތުރުކޮށްދީފައެވެ.

މެޗުތައް ބަލަން ތިބި ތުރުކީއާއި އަލްބޭނިއާގެ އުއްމީދުތައް ގެއްލިގެން ދިޔައީ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ.

ގްރޫޕް އީގެ ޕޮއިންޓް ޓޭބަލް

އިޓާލީ    ކމ.3 ފގ.2+ ޕ 6

ބެލްޖިއަމް  ކމ.3 ފގ.2+ ޕ 6

ސްވިޑްން  ކމ.3 ފގ.1-  ޕ 4

އަޔަރލޭންޑް ކމ.3 ފގ.3-  ޕ 1

ދެވަނ ބުރުގައި އިޓަލީ ބައްދަލުކުރަނީ ވަރުގަދަ ސްޕޭން އާއެވެ. ބެލްޖިއަމް ކުޅެންޖެހޭނީ ހަންގޭރީއާއެވެ. އުތުރު އަޔަލޭންޑާއި ދެކޮޅަށް ކުޅޭނީ ވޭލްސް އެވެ.

ދެވަނަ ބުރުގެ މެޗުތައް ފެށޭނީ 25 ޖޫން ގައެވެ. ފުރަތަމަ ދެ ދުވަހު ވެސް 3 މެޗު ކުޅެނެއެވެ. އަދި 3 ވަނަ ދުވަހު ކުޅޭނީ ދެމެޗެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !